ސްކީމް އޮފްވާކުސް

ސްކީމް އޮފް ވާރކު ފްރޮންޓް ޕޭޖު
އެކަޑަމިކް ކަލަންޑަރ 2012 
އިސްލާމް ސްކީމް އޮފްވާކް ގްރޭޑް 7 2011 ފުރަތަމަ ޓާރމު
1 ވަނަ ހަފުތާ
ޖެނުއަރީ 09 ން 10 އަށް ( 2 ދުވަސް )

ފެށުން
ó ތަޢާރަފުވެލުން.          ( ޓީޗަރާއި ދަރިވަރުން )
ó ބައެއް ގަވައިދު ބުނެދިނުން.
ó ދަރިވަރުންގެ އަރަބި ތާނަ ލިޔެކިޔުމުގެ ފެންވަރު ވަޒަންކުރުން.
ó ފުރަތަމަ މުދައްރިސާއި ދަރިވަރު ތަޢާރަފު ވެލާނީއެވެ.
ó އެއަށްފަހު މުދައްރިސް ގެ ޢާންމު ގަވައިދުތައް ދަރިވަރުންނަށް ކިޔައި ދިނުމަށްފަހު، އެ ގަވައިދު ފެންނާނެހެން ކުލާހުގައި ބަހައްޓާނީއެވެ.
ދަރިވަރުންގެ ޢަރަބި ތާނަ ލިޔެކިޔުމުގެ ފެންވަރު ވަޒަންކުރުން
ó ދަރިވަރުންގެ ކުޑަފޮތުގައި ރީތިކޮށް ލިޔުމަށް ބުނެ، ދަރިވަރުންގެ ފޮތުން ދެތިން ހަތަރު ފޮޅުވަތެއްގެ މިންވަރު އިމްލާއެއްގެ ގޮތުން ދަރިވަރުންނަށް ލިޔެވޭ މިންވަރަށް ލަސްލަހުން ތަކުރާރުކޮށް ކިޔައިދެމުން ލިޔުއްވާނީއެވެ.
ó އެވަގުތު ނުވަތަ ފަހުން ނަމަވެސް ފަހަރަކު ދަރިވަރެއް މުދައްރިސްގެ ގާތަށް ގެނެސް ދަރިވަރުންގެ ފޮތުން ދަރިވަރަށް ކިޔަން ފަސޭހަ ވާނެކަހަލަ ތަނެއް ދައްކައި ޢަރަބި ކިޔުމުގެ ފެންވަރު ވަޒަންކުރާނީއެވެ. މިކަން ކުރުމަށްފަހު ދަރިވަރުގެ ކުޑަފޮތުގައި ބެލެނިވެރިޔާއަށް އެނގޭނެހެން ނަތީޖާ މާކް ކޮށްލަންޥާނެއެވެ.
ó އަދި ލިޔަންކިޔަން ނޭނގޭ ދަރިވަރުނގެ ލިސްޓް ސްޕަވައިޒަރަށް ހުށަހަޅައި އެދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމުގެ ޕްރޮގްރާމެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމަންވާނެއެވެ.
·  އިމްލާލިޔުން
·  ޢަރަބި ކިޔުން
·  ދަރިވަރުންގެ ފޮތް
1 ވަނަ ހަފުތާ
ޖެނުއަރީ 11 ން 13 އަށް ( 3 ދުވަސް )
ޤުރްއާން
ސޫރަތުލް އަޢުލާ
ó އަޢުލާ ސޫރަތް ތަޖުވީދުމަގުން ހިތުން ކިޔަވާނެއެވެ.
ó ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް އަޢުލާ ސޫރަތް ހިތުން ދަސްކުރުން.
ó މުދައްރިސް ފިލާވަޅު 1 ފަހަރު މުޅި ކުލާހަށް އަޑުއިއްވުން. އެވަގުތު ދަރިވަރުން ތިބެންވާނީ ރަނގަޅަށް އަޑުއަހާށެވެ. އެއަށްފަހު އަޑުދަށުން ހުރިހާކުދިން އެއްފަހަރު ކިޔާނީއެވެ.
ó ފަހަރަކު ދަރިވަރަކު ލައްވައި ކިޔުއްވުން. ދަރިވަރު ކިޔަވަމުން ދާއިރު ކުށެއް ކިޔައިފިނަމަ އިޝާރާތުން ދަރިވަރަށް އެކަން އަންގައި އިޞްލާޙު ކުރުވަން ވާނެއެވެ. އަމިއްލައަށް އިޞްލާޙު ނުކުރެވުނުނަމަ އިޞްލާހުކޮށް ދޭންވާނެއެވެ. އަދި ރަނގަޅުކޮށްދޭ ކުށް، މުޅިކުލާހުން ބާރަށް ކިޔުއްވަންވާނެއެވެ.
ó ދެން ގްރޫޕްތަކުގެ ވަކިވަކި ދަރިވަރުން ލައްވައި ކިޔުއްވައި ފަރިތަކުރުވާނީއެވެ. އެއްކުއްޖަކު ކިޔަވާއިރު، އަނެއްކުއްޖާ އަޑުއަހާނީއެވެ. މިގޮތަށް ދެކުދިން ކިޔުން ބަދަލުކޮށް ހުރިހައި ކުދިންލައްވައި 1 ފަހަރު ކިޔުއްވާނީއެވެ.
ó ދެން ކުޑަފޮތުގައި ލިޔުމަށާއި ދަސްކުރުމަށް ހޯރމްވޯކެއްގެ ގޮތުގައި ޙަވާލުކުރާނީއެވެ.
ó އާޔަތްތައް ތަރުތީބު ކުރުމަށް ވާރކްޝީޓެއް ދީ ފުރިހަމަ ކުރުވުން.
ނޯޓު: ދަސްވެއްޖެތޯ ބަލާއިރު ދަސްކުރަން އުނދަގޫ ކުދިންނަށް ސޫރަތް ބައިބައި ކޮށްގެން ކިޔައިދިނުމަށް ފުރުޞަތު ދެވިދާނެއެވެ. ( 1-10 ، 11-19 )
·  ކިޔުއްވައިގެން
·  ދަރިވަރުންގެފޮތް ޞަފުޙާ 2
·  އޯޑިއޯ ސީޑީ އާއި ޕްލޭޔަރ
·  ވާރކްޝީޓް 1
- ސޫރަތުގެ އާޔަތްތައް އޮޅުވާލައިގެން ތަރުތީބުކުރަން ދިނުން.
- ނުވަތަ ސޫރަތުގެ އެކިހިސާބުން ބައެއް އާޔަތްތައް ދީފައި އާޔަތު ނަންބަރުޖަހަން ދިނުން.
2 ވަނަ ހަފުތާ
ޖެނުއަރީ 16 ން 20 އަށް ( 5 ދުވަސް )
ތަޖުވީދު
މައްދު
ó މައްދުގެ އަކުރުތައް، ވާޖިބު މައްދު، ޖާއިޒު މައްދު، މިސާލާއެކު ބުނެދޭން އެނގޭނެއެވެ. އަދި ޤުރްއާން ކިޔަވާއިރު ބޭނުން ކުރާނެއެވެ.
ó މައްދުގެ ތަޢުރީފާއި މައްދުގެ އަކުރު ތަކާއި ލީނުގެ އަކުރުތައް  ބުނުން.
ó އަަޞްލީ މައްދާއި ވާޖިބު މައްދާއި ޖާއިޒު މައްދު ދަސްކުރުން.
ó ފެށުމުގެގޮތުން މައްދުގެ ތަޢުރީފެއް ދެވިދާނެއެވެ. އަދި މައްދާބެހޭގޮތުން ދަރިވަރުންނަށް އެނގޭ މިންވަރު ބަލާލުމަށް ސުވާލު ކޮށްލެވިދާނެއެވެ.
ó އެއަށްފަހު މައްދުގެ ބައިތައް، ފަހަރަކު ބައެއް ބޯޑުގައި ލިޔެ ފަހަރަކު ބައެއްގެ ޝަރަހަކޮށް ދިނުން.
ó ދެން މިސާލު ލިޔުނު ކާޑުކޮޅުތައް ގްރޫޕުތަކަށްދީ އެކި ވައްތަރު ވަކިކޮށްގެން ކޮންމެ ބައެއްގެ ނަމުގެ ދަށުގައި ކުޑަފޮތުގައި ލިޔުއްވާނީއެވެ.  ނުވަތަ ތަތްކުރުވާނީއެވެ. އަދި ކޮންމެ ބައެއްގެ ދަށުގައި އިތުރު މިސާލު ލިޔާނެތަން ބޭއްވުމަށް ބުނާށެވެ.
ó އަދި ޚަތިމުން އިތުރު މިސާލު ހޯދައިގެން ލިޔުމަށް ހޯމް ވޯރކުގެ ގޮތުގައި މަސައްކަތް ދެވިދާނެއެވެ.
ó އަދި ވައްތަރަކުން މިސާލެއް ދެމިސާލެއް ހިމަނައިގެން ކުލާސްރޫމް ޑިސްޕްލޭ ހެއްދުން ރަނގަޅުވާނެއެވެ. މިފަދަ ޑިސްޕްލޭތައް ގޭގައި ވެސް ބެހެއްޓުމަށް ދަރިވަރުންނަށް ބާރުއެޅުމަކީ ރަނގަޅު ކަމެކެވެ.
·  ފަރިތަކުރުން ހެއްދުން
·  ފިލާވަޅުން އުފައްދާ ސުވާލުތަކަށް ޖަވާބު ދިނުން.
·  ޑިސްޕްލޭ ހެއްދުން
·  ސުވާލާއި ޖަވާބު ބަދަލު ކުރުން
·  ދަރިވަރުންގެފޮތް، ޞަފުޙާ 15
·  މައްދުގެ އަކުރުތަކާއި މިސާލު ލިޔުނު ކާޑުކޮޅުތައް
·  ޤުރްއާން ކަރީމް / ޤުރްއާން މަޖީދު
3 ވަނަ ހަފުތާ
ޖެނުއަރީ 23 ން 26 އަށް ( 4 ދުވަސް )
ޢަޤީދާ
ޢަޤީދާ / މާތް ﷲ ގެ ސިފަފުޅުތައް
ó ﷲ ވޮޑިގެންވާކަން ދަލީލާއެކު ބަޔާންކުރަން އެނގޭނެއެވެ. އަދި ގަބޫލު ކުރާނެއެވެ.
ó ﷲ އާ އެއްފަދަ އެއްވެސް އެއްޗެއް ނުވާކަން ދަލީލާއެކު ބަޔާންކުރަން އެނގޭނެއެވެ. އަދި ގަބޫލުކުރާނެއެވެ.
ó ޢަޤީދާއާއި އިސްލާމީ ޢަޤީދާގެ މާނަ ބުނެދިނުން.
ó މާތް ﷲ އަށް އީމާންވުމަކީ ކޮބައިކަމާއި، އީމާންވެވޭގޮތް މިސާލާއެކު ބަޔާންކުރުން.
ó މަތް ﷲ ގެ ސިފަފުޅުތަކާއި މަޚްލޫޤުންގެ ސިފަތަކުގައިވާ ތަފާތު ބުނެދިނުން.
ó ﷲ ގެ ޒާތުފުޅަށް ޚާއްޞަ ސިފަފުޅާއި، އޭގެ އިތުރު ބައެއް ސިފަފުޅުތައް ބުނެދިނުން.
ó ފޮޓޯ، ކުރެހުންފަދަ ތަކެތި ބޯޑުގައި ބަހައްޓައި، ނުވަތަ ކްލާސް ރޫމުން ފެންނަ،  އެފަދަ އެތަކެތީގެ އުފެދުމާ ބެހޭގޮތުން ދަރިވަރުންނާ ސުވާލު ކުރުން.
ó ދަރިވަރުން އެއީ ކޮން އެއްޗިއްސެއްކަން ބުނެދޭނެއެވެ. ދެންއެއީ ދަރިވަރުން ޤަބޫލުކުރާގޮތް ކަމަށްބުނެ ޢަޤީދާއަކީ އެގޮތަށް ކަމެއް ނުވަތަ އެއްޗެއް ގަބޫލުކުރުންކަން ބުނެދޭނީއެވެ.
ó ހަމަ އެއާއެކު ޢަޤީދާ ފިލާވަޅުގެ ޝަރަޙަ ކުރިޔަށް ގެންދާނީއެވެ.
ó މިފިލާވަޅާ ގުޅުވައިގެން ﷲ ގެ ސިފަފުޅުތަކާ ބެހޭގޮތުން ވާހަކަދައްކައި އެފިޅާވަޅުވެސް ޝަރަޙަ ކުރާނީއެވެ.
ó މިފިލާވަޅުގައިވާ އާޔަތް ދަރިވަރުންނަށް ކިޔައިދީ މާނަ އޮޅުންފިލުވައި ދޭންވާނެއެވެ. ތަފާތު ސިފަފުޅުތަކާ ބެހޭގޮތުން އިތުރަށް ވާހަކަދައްކައި ﷲ ގެ ސިފަފުޅުތަކާއި މަޚްލޫޤުންގެ ސިފަތަކުގައި ހުރި ތަފާތު ވީވަރަކުން ބަޔާންކޮށް ދޭންވާނެއެވެ.
ó ވާރކްޝީޓް 2 ހެއްދުން
- ފިލާވަޅުގެ މުހިންމުބައިތަކުން، އަދި އާޔަތާއި މާނަ ހިމަނައިގެން
·  ފަރިތަކުރުން ހެއްދުން
- ފިލާވަޅުން އުފައްދާ ސުވާލުތައް
- ފިލާވަޅުގެ މުހިންމު ބައިތަކުން ހުސްތަން ފުރިހަމަ ކުރުން
·  އާޔަތް ދަސްވިތޯ ބެލުން
-  ވާރކް ޝީޓުގައި ހިމަނައިގެން

·  ސުވާލާއި ޖަވާބު ބަދަލު ކުރުން.
·  ވޯކްޝީޓު 2
·  ދަރިވަރުންގެފޮތް ، ޞަފުޙާ 25
·  އާޔަތް މާނައާއެކު ލިޔުނު ބްރިސިލްބޯޑު
·  ގެފުޅުގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް
4 ވަނަ ހަފުތާ
ޖެނުއަރީ 30 ން - ފެބްރުއަރީ 3 އަށް ( 5 ދުވަސް )
ޢިބާދާތު
ހިނެއުން
ó ހިނެއިން ވާޖިބުވާކަންތައް ބުނެދޭންއެނގި އެފަދަ ކަމެއް މެދުވެރި ވެއްޖެނަމަ ހިނައި ގަންނާނެ އެވެ.
ó ހިނެއުމަކީ ކޮބައި ކަމާއި ހިނައިގަންނަގޮތް ބުނެދިނުން.
ó ހިނެއިން ވާޖިބުވާ ކަންތައް ތަކާއި ބައެއް ސުންނަތް ހިނެއުން ބުނެދިނުން.
ó ހިނެއުމުގައި ހިމެނޭ ފަރްޟު ކަންތައްތަކާއި ޝަރްޠުތައް އަދި ބައެއް ސުންނަތާއި ބައެއް މަކްރޫހަ ކަންތައް ދަސް ކުރުމާއި ހިނެއުން ވާޖިބު ވެފައިހުރެ ކުރުން ޙަރާމް ކަންތައް ބުނެދިނުން.
ó ސާފުތާހިރު ވުމުގެ ގޮތުން ދަރިވަރުން ކޮށްއުޅޭ ކަންތައްތަކާ ބެހޭގޮތުން ސުވާލުކޮށްލުން. ކުދިންކިޔާ ކަންތައްތަކުގެ ވައްތަރު، ސާފުތާހިރު ވުމުގެ ގޮތުން ކުރާކަންތައްތައް ބެހިފައިވާ ދެބައި ( މާއްދީ ތާހިރުކަމާއި މާނަވީ ތާހިރުކަން ) ވަކިކޮށް ބުނެދިނުން.
ó ދެން ފިލާވަޅުގައިވާ އާޔަތް ކިޔައިދީ މާނަ އޮޅުން ފިލުވައި ދިނުން. އަދި ތައުބާ ވުމާއި ސާފުތާހިރުކަމާ ހުރިގުޅުން ބުނެދީ ތައުބާ ވުމަކީ ނަފުސަށް ލިބޭ ރޫޙާނީ ޠާހިރު ކަމެއްކަމެއް ކަމާއި ހިނެއުމަކީ މާނަވީ ތާހިރުކަމެއްކަން ބުނެދިނުން.
ó ހިނައިގަންނަގޮތް ދަރިވަރުންނަށް ޙަރަކާތުން ދައްކައި ފިލާވަޅު ޝަރަޙަ ކުރުން. އަދި ދަރިވަރުން ވެސް މިޙަރަކާތްތައް ކުރުމުގައި ބައިވެރި ކުރުން.
ó ދެން ހިނެއިން ވާޖިބުވާ ކަންތައްތައް، ހިނެއުމުގެ ފަރްޟާއި ޝަރްޠު އަދި ބައެއް ސުންނަތާއި މަކްރޫހަކަންތައް ބުނެދިނުން.
ó ދަސްކޮށްދިނުމުގެ ގޮތުން އެކަންކަން މުދައްރިސް ކިޔުމުން ކުރާނެ ޙަރަކާތެއް ކަނޑައަޅައި ރަނގަޅު ޖަވާބު ނުދެވޭ ކުދިން އައުޓު ވާގޮތަށް ޕޮއިންޓު ދެމުން ކުރިޔަށް ގެންދިއުން.
ó ހިނެއުން ވާޖިބުވެފައިހުރި މީހާ ކުރުން ޙާރާމް ކަންތައްތައް ބުނެދީ ދަސްކުރުވުން.
ó ވޯރކުޝީޓު 3 ހެއްދުން.
·  ސުވާލާއި ޖަވާބު ބަދަލު ކުރުން
·  ފަރިތަކުރުން ހެއްދުން
- ވޯރކުޝީޓު 3
- ފިލާވަޅުގެ މުހިންމު ބައިތަކާއި އާޔަތް ހިމަނައިގެން
·  ދަރިވަރުންގެފޮތް ޞަފުޙާ 42
5 ވަނަ ހަފުތާ
ފެބްރުއަރީ 6 ން 8 އަށް ( 3 ދުވަސް )
ޤުރްއާން
ސޫރަތުންނަބައި
ó ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ސޫރަތުންނަބައި ކުށް ނުލައި ބަލައިގެން ފަރިތަކަމާއެކު ކިޔާނެއެވެ.
ó ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ސޫރަތުންނަބައި ކުށް ނުލައި ބަލައިގެން ކިޔެވުން.
ó ސޫރަތުންނަބައި 2 ބައިކޮށްލައިގެން ކޮންމެ ދުވަހަކު ބައެއް ކިޔައިދީ ކިޔުއްވައި ފަރިތަކުރުން.
ó އެ ދުވަހަކު ފަރިތަކުރާ ބައެއް ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ދަރިވަރުންނަށް 1 ފަހަރު އަޑުއިއްވުން.
ó ދެވަނަފަހަރު  އަޑުދަށުން ބާރަށް ހުރިހާކުދިން އެކުގައި ކިޔެވުން. އަދި ހުރިހާކުދިން އެކުގައި 1 ފަހަރު އަމިއްލައަށް ކިޔެވުން.
ó ގްރޫޕަކުން އާޔަތެއް ކިޔަމުން ނަގައިދިންބައި އެއްކޮށް ކިޔުއްވުން. ނުވަތަ ކުލާސް ދެބައިކޮށްލައި ބަޔަކުން އާޔަތެއް ކިޔަމުން ނަގައިދިންބައި ފުރިހަމަކުރުން.
ó ދެން ދެކުދިން ދެކުދިންނަށް އެއްކުއްޖަކު އަނެއް ކުއްޖަކަށް ކިޔައިދިނުން.
ނޯޓު: މިގޮތަށް ކިޔާއިރު ނަގައިދިން ބައި ، ބައިބައި ކޮށްލައިގެން ކުއްޖަކު ބައެއް ކިޔުއްވިއަސް ރަނގަޅު ވާނެއެވެ. އަދި ނުބައިކޮށް ކިޔާ ތަންތަން، އަޑުއަހާ ކުއްޖާ ފާހަގަ ކޮށްދީ ހެޔޮކުރުވަން ވާނެއެވެ.
·  ކިޔުއްވައިގެން
·  ދަރިވަރުންގެފޮތް، ޞަފުޙާ 6
·  އޯޑިއޯ / ޕްލޭޔަރ
5 ވަނަ ހަފުތާ
ފެބްރުއަރީ 9 ން 10 އަށް ( 2 ދުވަސް )
ތަޖްވީދު
އަލްވަގުފު
ó ވަޤުފާއި، ވަޤުފުގެ ޢަލާމާތް ތައް އަދި ޙުކުމް ބުނެދޭން އެނގޭނެއެވެ. އަދި އިބްތިދާ އާއި އިޢާދާ ކުރާނެގޮތް އެނގި ޤުރްއާން ކިޔަވާއިރު ބޭނުން ކުރާނެއެވެ.
ó ޤުރްއާން ކިޔަވާއިރު ވަޤުފު ކުރުން ހުއްދަވާ ތަންތަނާއި ހުއްދަ ނޫން ތަންތަން ދެނެގަތުން. އަދި އެފަދަ ތަންތަނުގައި ޢަމަލު ކުރަން ޖެހޭ ގޮތް ދަސްކޮށް ހެޔޮ ގޮތުގައި ވަޤުފު ކުރުން.
ó ވަޤުފު ކުރުމުގައި މުޢުތަބަރު ޢަލާމާތް ތަކަކީ ކޮބައިކަން ދެނެގަތުން. އަދި އެ ޢަލާމާތް ތަކުގެ ޙުކުމް ބުނެދިނުން.
ó ފިލާވަޅުގައިވާ މިސާލުތަކާއި އެނޫން މިސާލުތަކުގެ އަލީގައި ފިޅާވަޅުގައިވާ ހުރިހާ ބައިތައް ފަހަރަކު ބައެއްގެ ނަން ބޯޑުގައި ލިޔެ އޮޅުން ފިލުވައިދިނުން.
ó ޚަތިމު ނުވަތަ ދަރިވަރުންގެފޮތް ބޭނުންކޮށްގެން އެފަދަ އިތުރު މިސާލުތައް ހޯދުވުން. ( ގްރޫޕު މަސައްކަތް )
ó ހޯދި މިސާލުތައް، ފިލާވަޅުގައިވާ ފަދައިން އެ ޢަލާމާތަކާ ގުޅޭ މަޢުލޫމާތު ކޮޅެއްގެ ދަށުގައި ލިޔުއްވުން. ( ކުޑަފޮތުގައި )
ó ހަމަ މި މަސައްކަތް ކުލާސްރޫމުގައި ޑިސްޕްލޭ ކުރުން.     ( ގްރޫޕަކުން ޢަލާމާތެއް ތައްޔާރު ކުރުވުން. )
ó ވޯރކުޝީޓު 4 ހެއްދުން
·  މިސާލު ހޯދުވުން
·  ފަރިތަކުރުން ހެއްދުން
- ވޯރކުޝީޓު 4
·  ދަރިވަރުންގެފޮތް ޞަފުޙާ 19
·  އައްތަޖްވީދު އަތްމަތީފޮތް
·  އިތުރު މިސާލު ލިޔުނު ކާޑުކޮޅު
·  ޚަތިމު
6 ވަނަ ހަފުތާ
ފެބްރުއަރީ 13 ން 14 އަށް ( 2 ދުވަސް )
ޢަޤީދާ
މާތް ﷲ ވޮޑިގެންވުން ، ދިރިދެމިވޮޑިގެންވުން
ó ﷲ އީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެކަން ދަލީލާއެކު ބަޔާންކުރަން އެނގޭނެއެވެ. އަދި ގަބޫލު ކުރާނެއެވެ.
ó މާތް ﷲ ވޮޑިގެންވުމޭ ބުނެޥޭ ބަހުގެ މާނައާއި ދިރިދެމި ވޮޑިގެންވުމޭ ބުނެވޭ ބަހުގެ މާނަ އެނގި އެކަން ގަބޫލު ކުރުން.
ó ﷲ ވޮޑިގެން ވުމާއި ދިރިދެމި ވޮޑިގެންވާ ކަމުގެ ބައެއް ދީނީ ދަލީލާއި ބުއްދީގެ ދަލީލު ހާމަކޮށް ދީ ހެކިދެއްކުން.
ó ފޮޓޯ ކުރެހުންފަދަ ތަކެތި ބޯޑުގައި ބަހައްޓައި އެތަކެތި އުފެދުނު ގޮތާ ބެހޭގޮތުން ދަރިވަރުންނާ ސުވާލުކޮށް ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ހޯދޭތޯ ބަލާނީއެވެ.
ó އަދި އެތަކެއްޗަކީ އަމިއްލައަށް އުފެދުނު ތަކެތި ނޫންކަމާއި ހެއްދެވިގެންވާ ތަކެތިކަން ދަރިވަރުންނަށް ވިސްނައިދޭނީއެވެ. އަދި އެތަކެތި ހެއްދެވި ފަރާތްވުން ވާޖިބުވާނެކަމާއި އެއީ ﷲ ކަން ދަރިވަރުން ލައްވައި ބުނުވާނީއެވެ.
ó ދެން ފިޅާވަޅު ގެ ޝަރަޙަކުރިޔަށް ގެންދިއުމުގައި ބައެއް ދީނީ ދަލީ ލާއި ބުއްދީގެ ދަލީލު ހާމަކޮށްދޭނީއެވެ.
ó އެއަށްފަހު މިދެ ސިފަފުޅު ﷲ އަށް ލިބިވޮޑިގެންވާކަން އެހެންމީހަކަށް ވިސްނައި ދެޥޭފަދަ ބުއްދީގެ ދަލީލު ދަރިވަރުން ލައްވައި ހޯދުވައި ފޮތުގައި ލިޔުއްވަން ވާނެއެވެ. އަދި ކުލާހުގައި ޑިސްޕްލޭގެ ގޮތުގައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ( ގްރޫޕް މަސައްކަތް )
ó ފިލާވަޅުގެ މުހިންމު ބައިތަކުން ސުވާލާއި ހުސްތަން ފުރުން ހިމަނައިގެން ތައްޔާރުކޮށްފައިވާ ސުވާލުކޮޅަކަށް ޖަވާބުދިނުން.
ó އަދި އާޔަތްތައް މާނައާއެކު ބޮޑު އަކުރުންލިޔެ ކުލާހުގައި ބެހެއްޓުމަށް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. މިމަސައްކަތް ޙަވާލުކުރާނީ އެކަމަށް އިސްނަގާ ދަރިވަރުންނާއެވެ.
·  ސުވާލާއި ޖަޥާބު ބަދަލު ކުރުން
·  ފަރިތަކުރުން ހެއްދުން
- ފިލާވަޅުގެ މުހިންމު ބައިތަކުން ސުވާލާއި ހުސްތަން ފުރުން ހިމަނައިގެން ތައްޔާރު ކޮށްފައިވާ ސުވާލުކޮޅެއް.
·  ދަރިވަރުންގެފޮތް ޞަފުޙާ 29
6 ، 7 ވަނަ ހަފުތާ
ފެބްރުއަރީ 16 ން 21 އަށް ( 4 ދުވަސް )
ޢިބާދާތު
ނަމާދު ޤަޞްރު ޖަމްޢު ، ކަށުނަމާދު
ó ނަމާދު ޤަޞްރުކޮށް ޖަމްޢު ކުރާނީ ކޮން ޙާލަތެއްގައި ކަމާއި އެކަން ކުރާނޭގޮތް އެނގި ކޮންމެ ޙާލަތެއް ގައިވެސް ނަމާދުކުރާނެއެވެ.
ó ކަށު ނަމާދު ކުރަން އެނގޭނެއެވެ. އަދި މައުމޫމުވެހުރެ ކުރާނެއެވެ.
ó އިސްލާމް ދީނުގައިވާ ލުއި ފަސޭހަ ގޮތްތަކުގެ ބޭނުން ހިފައިގެން ނަމާދު އެ ނަމާދެއްގެ ވަގުތުގައި އަދާ ކުރުމުގެ ޝައުޤު އުފެއްދުން.
ó ނަމާދު ޤަޞްރު، ޖަމްޢު ކުރުމަކީ ކޮބައިކަމާއި އޭގެ ޙުކުމާއެކު ޝަރްޠުތައް އަންގައި ދިނުން.
ó ކަށުނަމާދު ކުރުމުގެ ބޭނުމާއި އެކަމުގެ ޙުކުމް ބުނެދީ ކަށުނަމާދު ކުރާގޮތް ދަސްކޮށް ދިނުން.
ó ފިލާވަޅު ފެށުމުގެ ގޮތުން ބައެއް ސުވާލު ކޮށްލުން. މިސާލަކަށް އަހަރެމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ނަމާދުތަކަކީ ކޮބައިތޯ ސުވާލުކުރުން. ނޭނގޭނަމަ ފަރްޟު ނަމާދުތައް ބުނެދިނުން.
ó ނަމާދުގެ މުހިންމުކަމާއި ނަމާދުކުރުމުގެ ލުއިފަސޭހަ ގޮތްތަކުގެ ބޭނުން ހިފައިގެން ނަމަވެސް ނަމާދެއް ނުކޮށް ދޫކޮށްލެވެން ނެތްކަން ކުދިންނަށް އަންގައިދިނުން.
ó ފިލާވަޅުގައިވާ އާޔަތް ދަރިވަރުންނަށް ކިޔައިދީ މާނަ އޮޅުންފިލުވައި ދިނުން.
ó ފިލާވަޅުގެ އެކިބައިތައް ވަކިވަކިން ޝަރަޙަ ކޮށްދިނުން.
ó ނަމާާދު ޤަޞްރު ޖަމްޢުގެ ޝަރްޠުތައް ލިޔެފައިވާ ކަރުދާސް ކޮޅުތައް ދަރިވަރުންނަށް ބަހާލައި ބޯޑުގައި އެބައިތަކުގެ ނަންތައް ލިޔެ ފަހަރަކު ކުއްޖެއް، އެކުއްޖެއްގެ އަތުގައިއޮތް އެއްޗެއް ކުލާހަށް ކިޔައިދީ އެއާގުޅޭ ސުރުޚީގެ ދަށުގައި ތަތްކުރުން.
ó ކަށުނަމާދު ފިލާވަޅު ޝަރަޙަ ކުރުން. އަދި ކަށުނަމާދުގައި ކިޔާތަކެތި ދަރިވަރުންނަށް ކިޔައިދީ ކުރަމުން ގެންދާގޮތް ބުނެދިނުން. ( ޙަރަކާތުން ދައްކައި އެގޮތަށް ކުރުވުން )
ó ވާރކްޝީޓް 5 ހެއްދުން
·  ސުވާލު މުބާރާތް
·  ފަރިތަކުރުން ހެއްދުން
- ވާރކްޝީޓް 5
- ދެ ފިލާވަޅުގައިވާ ޝަރްޠާއި ރުކުން އަދި މުހިންމު ބައެއް ސުވާލާއި ކަށުނަމާދު ގައިކިޔާ ތަކެތި ހިމަނައިގެން
·  ދަރިވަރުންގެފޮތް ޞަފުޙާ 46
·  ނަމާދު ޤަޞްރު ޖަމްޢުގެ ޝަރްޠުތައް ލިޔެފައިވާ ކަރުދާސް ކޮޅުތައް
7 ވަނަ ހަފުތާ
ފެބްރުއަރީ 22 ން 24 އަށް ( 3 ދުވަސް )
ޤުރްއާން
ސޫރަތުލް ޤާރިޢަހ
ó ސޫރަތުލްޤާރިޢަހ އިޖްމާލީ މާނައާއެކު އެނގޭނެއެވެ. އަދ މާނައާމެދު ވިސްނައި އެއިން ޢިބްރަތް ލިބި ގަންނާނެއެވެ.
ó ސޫރަތުލް ޤާރިޢަހ އިޖްމާލީ މާނައާއެކު ދަސްކުރުން.
ó ފިލާވަޅު ފެށުމުގެ ގޮތުން ޢަންމާ ފޮތުގެ ކުރުސޫރަތްތަކުގެ އިޖްމާލީ މާނަ ދަސްކުރުމުގެ ބޭނުން ދަރިވަރުންނަށް އެނގޭތޯ ބަލާލުމަށް ސުވާލު ކޮށްލުމާއެކު އެއީ ނަމާދުކުރާއިރު ލިބިގަންނަންޖެހޭ ޚުޝޫޢަތް ތެރިކަން ލިބިގަތުމށްޓަކައި ނުހަނު ބޭނުންތެރި ކަމެއްކަން ދަރިވަރުންނަށް ވިސްނައި ދެވޭތޯ ބަލާނީއެވެ.
ó ފިލާވަޅު ނަގައި ދިނުމުގެ ގޮތުން މުދައްރިސް 1 ފަހަރު ދަރިވަރުންނަށް ކިޔައިދޭނީއެވެ. މާނާގައި ހިމެނޭ މުހިންމު ނުގުތާތަށް އިތުރަށް ސާފުކޮށްދެވޭތޯ ބަލަމުންނެވެ. އެވަގުތު ދަރިވަރުން ކަނުލައި އަޑުއަހަން ތިބުމަކީ ވަރަށް ބޭނުން ކަމެކެވެ.
ó ދެން މުޅިކުލާސް އެއްކޮށް 1 ފަހަރު ކިޔާނީއެވެ. އަދި ހަމަ އެއާއެކު ސުވާލުކުރުމުގެ ފުރުޞަތެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ.
ó އެއަށްފަހު ސޫރަތް މާނައާއެކު ކުޑަފޮތުގައި ލިޔުއްވޭތޯ ބަލާނީއެވެ. ނުނިމޭބައި ލިޔެގެން ދަސްކުރުމަށް ހޯމްވޯރކް ދޭނީއެވެ.
ނޯޓު: ޝައުޤުވެރިވާ ދަރިވަރަކަށް ޑިސްޕްލޭ ތައްޔާރު ކުރުމުގެ މަސައްކަތް ޙަވާލުކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ.
·  ދަސްވިތޯބެލުން
·  ދަރިވަރުންގެފޮތް ޞަފުޙާ 10
·  އޯޑިއޯ / ސީޑީ
8 ވަނަ ހަފުތާ
ފެބްރުއަރީ 27 ން 28 އަށް ( 2 ދުވަސް )
ޢަޤީދާ
މާތް ﷲ ގެ އެއްކައުވަންތަކަން
ó ﷲ ގެ އެއްކައުވަންތަކަން ދަލީލާއެކު ބަޔާންކުރަން އެނގޭނެއެވެ. އަދި ގަބޫލު ކުރާނެއެވެ.
ó ﷲ އެއްކައުވަންތަކަމުގެ މާނަ އެނގި އެކަން ގަބޫލުކުރުން.
ó ﷲ  އެއްކައުވަންތަކަން ދީނީ ދަލީލާއި ބުއްދީގެ ދަލީލު ދައްކައި ޘާބިތުކޮށްދިނުން.
ó ފިލާވަޅަށް ފެށުމުގެ ގޮތުން ދަރިވަރުންނާ ބައެއް ސުވާލުކޮށްލުމީ ރަނގަޅު ކަމެކެވެ. މިސާލަކަށް: ޚިޔާލާ ފިކުރު އެއްގޮތްވާ ދެމިހަކު އުޅެފާނެތޯ؟ ކަމެއްގައި އެއްހަމަ ދެމީހެއްގެ ޚިޔާލު ތަފާތު ވެއްޖެނަމަ ދެންކަންތައް ވަމުންދަނީ ކިހިނެއްތޯ؟ އަދި މިކާއިނާތުގައިވާ އިރުހަދާ ތަރިތައް އަބަދު އެއްގޮތެއްގައި ދައުރުވުމުގެ ސިއްރަކީ ކޮބައިތޯ؟ މިކަހަލަ ސުވާލު ކޮޅެކެވެ.
ó ދަރިވަރުންދޭ ޖަވާބާ ގުޅުވައިގެން ފިލާވަޅުގެ ޝަރަޙައަށް ފައްޓާނީއެވެ. އިތުރު މިސާލާއި ހެކި ދައްކަމުން އޮޅުން ފިލުވައި ދެމުން ގެންދާނީއެވެ. ފިލާވަޅުގައިވާ އާޔަތްތައް ދަރިވަރުންނަށް ރަނގަޅަށް ޝަރަޙަ ކޮށްދެވޭތޯ ބަލަންވާނެއެވެ.
ó ދެން ސުވަލާއި ޖަވާބު ލިޔެފައިވާ ކާޑުކޮޅުތައް ގްރޫޕުތަކަށް ޙަވާލުކޮށް އެއް ގްރޫޕުން އަނެއް ގްރޫޕަށް ސުވާލުކުރުމާއި ޖަވާބުދިނުން ކުރިޔަށް ގެންދާނީއެވެ.
ó ނުވަތަ އެފަދަ ސުވާލެއް ކޮންމެ ގްރޫޕަކަށްވެސްދީ ޖާވާބު ލިޔުއްވާނީއެވެ. އަދި ސުވާލާއި ޖަވާބުތައް ދަރިވަރުންގެ ފޮތުގައި ލިޔުއްވުމަކީވެސް އެދެވިގެންވާ ކަމެކެވެ.
ó ފަރިތަކުރުން ހެދުމާއި އާޔަތްތައް މާނައާއެކުލިޔެ ދަސްކުރުމުގެ މަސައްކަތް ހޯމްވޯރކެއްގެ ގޮތުގައި ދެވިދާނެއެވެ.
ނޯޓު: ޝައުޤުވެރިވާ ދަރިވަރުންނަށް އާޔަތްތަކާއި މާނަ ބޮޑުކޮށްލިޔެ ކުލާހުގައި ބެހެއްޓުމުގެ މަސައްކަތް ޙަވާލު ކުރެވިދާނެއެވެ.
·  ސުވާލާއި ޖަވާބު ބަދަލުކުރުން
·  ފަރިތަކުރުން ހެއްދުން.
·  ދަރިވަރުންގެފޮތް ޞަފުޙާ 33
·  ސުވާލާއި ޖަވާބު ލިޔެފައިވާ ކާޑުކޮޅުތައް
8 ވަނަ ހަފުތާ
މާރޗް 1 ން މާރޗް 3 އަށް ( 3 ދުވަސް )
ޢިބާދާތު
ނަމާދުގައި ކިޔާ ބައެއް ތަކެތީގެ މާނަ
ó ނަމާދުގައިކިޔާ ބައެއް ތަކެތީގެ މާނަ ބުނެދޭން އެނގޭނެއެވެ. އަދި މާތް ﷲ އަށް ބިރުވެތިވެ  ތަޤްވާވެރި ވާނެއެވެ.
ó ދުޢާއުލްއިފްތިތާހު، ރުކޫޢުގައި ކިޔާ ތަސްބީޙަ، އިޢުތިދާލު ގައި ކިޔާ ދުޢާ، ސަޖިދާގައި ކިޔާ ތަސްބީޙަ، ދެސަޖިދަ ދެމެދު ކިޔާ ދުޢާ، ފުރަތަ އައްތަޙިއްޔާތު މިތަކެތި މާނައާއެކު ދަސްކުރުން.
ó ދަރިވަރުންގެ ސަމާލުކަން ހޯދުމަށްޓަކައި ނަމާދުގެ މުހިންމުކަމާ ބެހޭގޮތުން ދަރިވަރުންނާ ބައެއް ސުވާލުކޮށް ވާހަކަ ދައްކާލާނީއެވެ. މިވާހަކަކޮޅުގައި ނަމާދު ކުރަންޖެހެނީ ކޮންގޮތެއްގައި ތިބެގެންކަން ވަރަށް ރަނގަޅަށް ބަޔާން ކޮށްދޭން ވާނެއެވެ.
ó އެ ވާހަކަކޮޅާ ގުޅުވައިގެން  ފިލާވަޅުގެ އެކިބައިތައް ވަކިވަކިން ނަގައިދޭނީއެވެ.
ó ގްރޫޕަކުން ބައެއް ކިޔަމުން އެހެން ގްރޫޕަކުން މާނަކިޔަމުން ހުރިހައި ބައިތައް ތަކުރާރުކޮށް ކިޔުއްވައި ހުރިހާ ދަރިވަރުންނަށް ރަނގަޅަށްކިޔަން ދަސްކޮށްދެވޭތޯ ބަލާނީއެވެ.
ó ތައްޔާރުކޮށްފައިވާ ކާޑުކޮޅުތައް ގްރޫޕުތަކަށް ބަހާލައި  ކަލިމަތަކުގެ މާނަ ލިޔުއްޥާނީއެވެ. ނޭނގޭ މާނަތައް ބުނެދޭންވާނެއެވެ. އަދި މި މަސައްކަތް ބޮޑުކޮށްލިޔެ ކުލާހުގައި ބެހެއްޓުމީ އިތުރު ފައިދާ ލިބިދާނެ ކަމެކެވެ.
ó ދެން ނަމާދުގައިކިޔާ ތެކެތި މާނައާއެކު ލިޔެފައިވާ ކަރުދާސް ދަރިވަރުންނަށްދީ ދަސްކުރަން ހޯމްވޯރކު ދެވިދާނެއެވެ.
·  ދަސްވިތޯބެލުން
·  ވޯރކުޝީޓު 6    ( ހުސްތަންފުރުން / މާނަ ލިޔުން )
·  ދަރިވަރުންގެފޮތް ޞަފުޙާ 52
·  ކަލިމަތައް ލިޔެފައިވާ ކާޑުކޮޅުތައް
·  ނަމާދުގައިކިޔާތަކެތި މާނައާއެކު ލިޔެފައިވާ ކަރުދާސް
9 ވަނަ ހަފުތާ
މާރޗް 6 ން 10 އަށް ( 4 ދުވަސް )
ޤުރްއާން
ސޫރަތުލްޣާޝިޔަހ
ó ސޫރަތުލްޣާޝިޔަހ ތަޖްވީދުގެ މަގުން ހިތުން ކިޔަވާނެއެވެ.
ó ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ޣާޝިޔަހ ސޫރަތް ހިތުން ދަސްކުރުން.
ó މުދައްރިސް ފިލާވަޅު 1 ފަހަރު މުޅި ކުލާހަށް އަޑުއިއްވުން. އެވަގުތު ދަރިވަރުން ތިބެންވާނީ ރަނގަޅަށް އަޑުއަހާށެވެ. އެއަށްފަހު އަޑުދަށުން ހުރިހާކުދިން އެއްފަހަރު ކިޔާނީއެވެ.
ó ފަހަރަކު ދަރިވަރަކު ލައްވައި ކިޔުއްވުން. ދަރިވަރު ކިޔަވަމުން ދާއިރު ކުށެއް ކިޔައިފިނަމަ އިޝާރާތުން ދަރިވަރަށް އެކަން އަންގައި އިޞްލާޙު ކުރުވަން ވާނެއެވެ. އަމިއްލައަށް އިޞްލާޙު ނުކުރެވުނުނަމަ އިޞްލާހުކޮށް ދޭންވާނެއެވެ. އަދި ރަނގަޅުކޮށްދޭ ކުށް މުޅިކުލާހުން ބާރަށް ކިޔުއްވަން ވާނެއެވެ.
ó ދެން ގްރޫޕްތަކުގެ ވަކިވަކި ދަރިވަރުން ލައްވައި ކިޔުއްވައި ފަރިތަކުރުވާނީއެވެ. އެއްކުއްޖަކު ކިޔަވާއިރު އަނެއްކުއްޖާ އަޑުއަހާނީއެވެ. މިގޮތަށް ދެކުދިން ކިޔުން ބަދަލުކޮށް ހުރިހައި ކުދިންލައްވައި 1 ފަހަރު ކިޔުއްވާނީއެވެ.
ó ދެން ކުޑަފޮތުގައި ލިޔުމަށާއި ދަސްކުރުމަށް ހޯރމްވޯކެއްގެ ގޮތުގައި ޙަވާލުކުރާނީއެވެ.
ó އާޔަތްތައް ތަރުތީބު ކުރުމަށް ވާރކްޝީޓެއް ދީ ފުރިހަމަ ކުރުވުން.

ނޯޓު: ދަސްވެއްޖެތޯ ބަލާއިރު ދަސްކުރަން އުނދަގޫ ކުދިންނަށް ސޫރަތް ބައިބައި ކޮށްގެން ކިޔައިދިނުމަށް ފުރުޞަތު ދެވިދާނެއެވެ.
·  ކިޔުއްވައިގެން
·  އާޔްތައް ތަރުތީބު ކުރުން
·  ވާރކްޝީޓް 7
- ސޫރަތުގެ އާޔަތްތައް އޮޅުވާލައިފައި ތަރުތީބުކުރަން ދިނުން. ނުވަތަ ސޫރަތުގެ ބައެއް އާޔަތްތައް ލިޔެ އާޔަތުގެ ނަންބަރުޖަހަން ދިނުން.
·  ދަރިވަރުންގެފޮތް ޞަފުޙާ 3
·  އޯޑިޔޯ ސީޑީ އާއި ޕްލޭޔަރ
10 ވަނަ ހަފުތާ
މާރޗް 13 ން 17 އަށް ( 5 ދުވަސް )
ތަޖްވީދު
ر އާއި ލަފްޡުލްޖަލާލާގެ ލާމުގެ ޙުކުމް
ó ر ބަރުކޮށް ކިޔޭގޮތާއި ލުއިކޮށް ކިޔޭގޮތް މިސާލާއެކު ބުނެދޭން އެނގޭނެއެވެ. އަދި ޤުރްއާން ކިޔަވާއިރު ބޭނުން ކުރާނެއެވެ.
ó ލަފްޡުލްޖަލާލަތު ( ﷲ ) ބަރުކޮށް ކިޔޭގޮތާއި ލުއިކޮށް ކިޔޭގޮތް މިސާލާއެކު ބުނެދޭން އެނގޭނެއެވެ. އަދި ޤުރްއާން ކިޔަވާއިރު ބޭނުން ކުރާނެ އެވެ.
ó އިބްތިދާ އާއި އިޢާދާ އަކީ ކޮބައިކަން ބުނެދިނުން.
ó ر ގެ ޙުކުމް މިސާލާއެކު ބުނެދިނުން.
ó ލަފްޡުލް ޖަލާލާ ބަރުކޮށް ލުއިކޮށް ކިޔޭ ގޮތްތައް ބުނެދިނުން.
ó ފިލާވަޅު ފަށާނީ ވަގުފުގެ ފިޅާވަޅުން ބައެއް ސުވާލުކޮށްލާ އެ ފިލާވަޅުގެ ހަނދާން އާ ކޮށްލުމަށްފަހު ގައެވެ.
ó ފުރަތަމަ އިބްތިދާއާއި އިޢާދާގެ މާނަ ތަފާތު ދެތިން މިސާލެއް ދައްކައިގެން ބުނެދޭނީއެވެ.
ó އެއަށްފަހު ر ގެ ޙުކުމް ޢާންމު ގަވައިދު މިސާލާއެކު ދައްކައިދީ ވިސްނައިދެޥޭތޯ ބަލާނީއެވެ.
ó ދެން ر ގެ ޙުކުމް ޢާންމު ގަވައިދުން އިސްތިސްނާވާ ޙާލަތްތައް މިސާލު ދައްކައިގެން ބުނެދޭނީއެވެ.
ó އަދި ލަފްޡުލް ޖަލާލާގައި ހިމެނިފައިވާ ޚާއްޞަ ސިފަތައް ދަރިވަރުންނަށް ބުނެދެވޭތޯ ބެލުމަށްފަހު އެލަފްޡު ބަރުކޮށް ކިޔޭ ޙާލަތްތަކާއި ލުއިކޮށް ކިޔޭ ޙާލަތު ބުނެދޭނީއެވެ.
ó ދެން ތައްޔާރުކޮށްގެން ގެނައި މިސާލު ކާޑުކޮޅުތައް ގްރޫޕުތަކަށް ދިނުމަށްފަހު އޭގައިވާ މަސައްކަތް ކުރުވާނީއެވެ.
ó ނުވަތަ ޚަތިމުން މިސާލުހޯދުމަށް ގްރޫޕްތަކާ ޙަވާލު ކުރެވިދާނެ އެވެ.
ó ތަފާތު މިސާލުތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ވާރކްޝީޓެއް ހެއްދުން.
ނޯޓު: މިސާލުތައް ބުނެދޭއިރު ދަރިވަރުން ލައްވައި ކިޔުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
·  ފަރިތަކުރުންހެއްދުން.
·  މިސާލު ކިޔުއްވުން.
·  ވާރކްޝީޓު 8    ( ر އާއި ލަފްޡުލް ޖަލާލާގެ ޙުކުމް ބަޔާން ކޮށްދޭ ތާވަލު ފުރިހަމަ ކުރުން )
·  ދަރިވަރުންގެފޮތް ޞަފުޙާ 21
·  މިސާލު ލިޔުނު ކާޑުކޮޅުތައް
·  ر ގެ ޙުކުމް ޢާންމު ގަވައިދު،އިސްތިސްނާވާޙާލަތްތައްލިޔެފައިވާ ކަރުދާސް
12 ވަނަ ހަފުތާ
މާރޗް 27 ން 31 އަށް ( 5 ދުވަސް )
ޢަޤީދާ
ކުޅަދުންވަންތަކަން، ދެނެވޮޑިގެންވުން، އައްސަވައި ބައްލަވައި ވޮޑިގެންވުން
ó ﷲ ކަމަކަށް އިރާދަ ކުރައްވައިފި ނަމަ އެކަމެއް ވާނެ ކަމާއި، އެންމެހައި ކަންތައް ދެނެވޮޑިގެން ވާކަންް ދަލީލާއެކު ބަޔާން ކުރަން އެނގޭނެއެވެ. އަދި ގަބޫލު ކުރާނެއެވެ.
ó ﷲ ގެ ކުޅަދުންވަންތަ ކަމާއި ދެނެވޮޑިގަތުމުގެ ފުރިހަމަކަން ދަލީލާއެކު ބުނެދިނުން. އަދި އައްސަވައި ބައްލަވައި ވޮޑިގަތުމަކީ ކިހިނެއް ހިނގާ ކަމެއްކަން ބަޔާންކުރުން.
ó މި ސިފަފުޅުތައް ﷲ އަށް ލިބި ވޮޑިގެންވާ ފުރިހަމަ ކަމާއި، މަޚްލޫގުންގެ އުނިކަން ބަޔާންކުރުން.
ó ފިލާވަޅު ފެށުމަށްޓަކައި ގެނައި ފޮޓޯތައް ނުވަތަ ކުރެހުންތައް ބޯޑުގައި ބަހައްޓައި އެތަކެތީގެ އުފެދުމާ ބެހޭގޮތުން ސުވާލުކޮށް ވާހަކަ ދައްކާނީއެވެ. އަދި އެތަކެއްޗަށް އަތުވެދާނެ ބަދަލުތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކާނީއެވެ. ހަމަ އެފަދައިން އެތަކެތި އުފައްދަވާފައިވާ ފުރިހަމަ ކަމުގެ މައްޗަށްވެސް ބަލާލުން ވަރަށް މުހިންމެވެ.
ó ދެން އެއާއެކު ފިލާވަޅުގެ ޝަރަޙަ ކުރާނީއެވެ. އާޔަތްތައް ދަރިވަރުންނަށް ކިޔައިދީ ކިޔުއްވައި މާނަ އޮޅުންފިލުވައި ދޭންވާނެއެވެ.
ó އެއަށްފަހު ﷲ ގެ ކުޅަދުންވަންތަކަމާއި ދެނެވޮޑިގަތުން އަދި އައްސަވައި ބައްލަވައި ވޮޑިގަތުން ހާމަވާ ބައެއްހެކި ދަރިވަރުންލައްވައި ހޯދައި ލިސްޓެއް ތައްޔާރުކޮށް އެއާބެހޭ ކޮންމެވެސް އެއް ކަމެއްގެ މައްޗަށް ޕެރެގްރާފު ލިޔުއްވޭތޯ ބަލާނީއެވެ. ( ގްރޫޕް މަސައްކަތް )
ó އާޔަތްތައް މާނައާއެކު ލިޔެ ޑިސްޕްލޭ ކުރުންވެސް އެދެވިގެންވެއެވެ. މިކަންތައް ޝައުޤުހުރި ދަރިވަރުންނާ ޙަވާލު ކުރެވިދާނެއެވެ.
ނޯޓު: މިފަދަ ތަކެތި ގެއިންވެސް ފެންނަ ގޮތަށް ޑިސްޕްލޭ ހެދުމުގެ މައްޗަށް ބާރުއެޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
·  ފަރިތަކުރުން ހެއްދުން
- ފިލާވަޅު ތަކުގެ މުހިންމު ބައި ތަކުންނާއި  އާޔަތް ތަކުން ސުވާލުކޮޅެއް ދިނުން.
·  ޕެރެގްރާފު ލިޔުން
·  ދަރިވަރުންގެފޮތް ޞަފުޙާ 35
·  ފޮޓޯ / ކުރެހުން
·  ތަފާތު އަޑުތައް އިއްވޭ ކަހަލަ ތަކެތި  ( އަޑުއަހަން ފަސޭހަ / އުނދަގޫ )
·  ބެލުމަށް ފަސޭހަ / އުނދަގޫ ތަކެތި ( ގަދައަލި، މަޑުއަލި ތަފާތު އޭންގަލްތައް )
13 ވަނަ ހަފުތާ
އެޕްރީލް 03 ން 04 އަށް ( 2 ދުވަސް )
ޢިބާދާތު
ޒަކާތް
ó ޒަކާތްނެރުމަކީ ކޮބައިކަމާއި ޒަކާތް ލިބެންވާ ފަރާތްތައް ބުނެދޭން އެނގޭނެއެވެ.
ó ޒަކާތް ނެރުމަކީ ކޮބައިކަމާއި އޭގެ ވާޖިބުތަކާއި ޝަރްޠުތައް ބުނެދިނުން.
ó ޒަކާތުގެ ޙައްޤު ވެރިން ދަލީލާއެކު ބުނެދިނުން.
ó ފިލާވަޅު  ފެށުމުގެ  ގޮތުން  އަރަތެއް  ހުށަހެޅި  ދާނެއެވެ. ( މުދައްރިސް ފޮތުގެ 58 ވަނަ ޞަފުޙާ )
ó ނުވަތަ އެހެން މީހުންގެ އެހީތެރިކަން ބޭނުންވެފައިވާ މީހުންނާ ބެހޭގޮތުން ވާހަކަ ދައްކައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮންބަޔަކަށްތޯ ބަލާލައި ވާހަކަ ދެއްކިދާނެއެވެ.
ó ދެން ފިލާވަޅު ޝަރަޙަ ކުރުމުގެ ގޮތުން ޒަކާތުގެ ތަޢާރަފެއް ދޭނީއެވެ. އަދި ޒަކާތް ނެރުން ވާޖިބުވާގޮތް ވަރަށް ރަނގަޅަށް ބަޔާންކޮށްދޭން ވާނެއެވެ. އެއަށްފަހު ފިލާވަޅުގައިވާ އިތުރު ބައިތައް އޮޅުންފިލުވައި ދޭނީއެވެ.
ó އެއަށްފަހު ޒަކާތުގެ ބެހެނިވެރިންނާ ބެހޭގޮތުން ފިލާވަޅުގައިވާ އާޔަތް ދަރިވަރުންނަށް ކިޔައިދީ އެބައިތައް ވަކިވަކިން އޮޅުންފިލުވައި ދޭންވާނެއެވެ.
ó އަދި އާޔަތް ދަރިވަރުންގެ ފޮތުގައި ލިޔުއްވައި ވަކިވަކިން ޒަކާތުގެ ބެހެނިވެރިން ލިސްޓު ކުރުވާނީއެވެ. ގްރޫޕު މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ކުރުންވެސް އެންމެ ރަނގަޅުވާނެއެވެ.
ó ދެން ފަރިތަކުރުން ހެދުމާއި އާޔަތް ދަސްކުރުމުގެ މަސައްކަތް ހޯމްވާރކުގެ ގޮތުގައި ދެވިދާނެއެވެ.
·  ސުވާލާއި ޖަވާބު ބަދަލު ކުރުން
·  ފަރިތަކުރުން ހެއްދުން
- ފިލާވަޅުގެ މުހިންމު ބައިތައް ވަކިވަކިން ބަޔާން ކޮށްދިނުމަށް ސުވާލު ކޮޅެއް ހުށަހެޅުން.
·  ދަރިވަރުންގެފޮތް ޞަފުޙާ 54
·  ޒަކާތުގެ ޙައްޤުވެރިން
13 ވަނަ ހަފުތާ
އެޕްރީލް 05 ން 07 އަށް ( 3 ދުވަސް )
ޤުރްއާން
ސޫރަތުއްތަކާޘުރު
ó ސޫރަތުއް ތަކާޘުރު އިޖްމާލީ މާނައާއެކު އެނގޭނެއެވެ. އަދި މާނައާމެދު ވިސްނައި އެއިން ޢިބްރަތް ލިބި ގަންނާނެއެވެ.
ó ސޫރަތުއް ތަކާޘުރު އިޖްމާލީ މާނައާއެކު ދަސްކުރުން.
ó ފިލާވަޅު ފެށުމުގެ ގޮތުން ޢަންމާ ފޮތުގެ ކުރުސޫރަތްތަކުގެ އިޖްމާލީ މާނަ ދަސްކުރުމުގެ ބޭނުން ދަރިވަރުންނަށް އެނގޭތޯ ބަލާލުމަށް ސުވާލު ކޮށްލުމާއެކު އެއީ ނަމާދުކުރާއިރު ލިބިގަންނަންޖެހޭ ޚުޝޫޢަތް ތެރިކަން ލިބިގަތުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެއްކަން ދަރިވަރުންނަށް އިތުރަށް ވިސްނައިދެވޭތޯ ބަލާނީއެވެ.
ó ފިލާވަޅު ނަގައިދިނުމުގެ ގޮތުން މުދައްރިސް 1 ފަހަރު ދަރިވަރުންނަށް ކިޔައިދޭނީއެވެ. މާނާގައި ހިމެނޭ މުހިންމު ނުގުތާތަށް އިތުރަށް ސާފުކޮށްދެވޭތޯ ބަލަމުންނެވެ. އެވަގުތު ދަރިވަރުން ކަނުލައި އަޑުއަހަން ތިބުމަކީ ވަރަށް ބޭނުން ކަމެކެވެ.
ó ދެން މުޅިކުލާސް އެއްކޮށް 1 ފަހަރު ކިޔާނީއެވެ. އަދި ހަމަ އެއާއެކު ސުވާލުކުރުމުގެ ފުރުޞަތެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ.
ó އެއަށްފަހު ސޫރަތް މާނައާއެކު ކުޑަފޮތުގައި ލިޔުއްވޭތޯ ބަލާނީއެވެ. ނުނިމޭބައި ލިޔެގެން ދަސްކުރުމަށް ހޯމްވޯރކް ދޭނީއެވެ.
ނޯޓު: ޝައުޤުވެރިވާ ދަރިވަރަކަށް ޑިސްޕްލޭ ތައްޔާރު ކުރުމުގެ މަސައްކަތް ޙަވާލުކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ.
·  ސޫރަތް ދަސްވިތޯ ބެލުން
·  ވާރކްޝީޓު 9    ( ހުސްތަން ފުރުން ނުވަތަ ގުޅުވުން )
·  ދަރިވަރުންގެ ފޮތް ޞަފުޙާ 11
·  އޯޑިއޯ / ސީޑީ
14 ވަނަ ހަފުތާ
އެޕްރީލް 10 ން 13 އަށް ( 4 ދުވަސް )
ޢިބާދާތު
ރޯދަ
ó ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދަ ދޫކޮށްލުން ހުއްދަވާ ޢުޛުރުތައް ބުނެދޭން އެނގޭނެއެވެ.
ó ރޯދަ ގެއްލޭކަންތައް ތަފުޞީލު ކޮށްދިނުން.
ó ރޯދަ ވީއްލުން ހުއްދަކުރާ ޢުޛުރުތައް ބުނެދިނުން.
ó ފިލާވަޅު ފެށުމަށް އިސްލާމްދީނުގެ ރުކުންތައް ދަރިވަރުން ލައްވައި ކިޔުއްވާލުން ރަނގަޅު ވާނެއެވެ. ނުވަތަ ރޯދައާގުޅޭ އަރަތެއް ކިޔާލުން ފަދަ ގޮތަކުންވެސް ފެށިދާނެއެވެ.
ó ދެން ފިލާވަޅު ފެށުމަށްޓަކައި ފިލާވަޅު ދެބައި ކޮށްލުމަށްފަހު ކުރީބައި ރޯދަ ގެއްލޭ ކަންތައް ދަރިވަރުން އަމިއްލައަށް ކިޔާލައި ސުވާލު ކުރުމަށް ފުރުޞަތު ދެވިދާނެއެވެ. އަދި ޖަވާބުދެމުން އެބައިގެ ޝަރަޙަ ކުރިޔަށް ގެންދާނީއެވެ.
ó އެއަށްފަހު ދެވަނަބައި ރޯދަވީއްލުން ހުއްދަކުރާ ޢުޛުރުތައް ދަރިވަރުން ލައްވައި ކިޔުއްވައި ޝަރަޙަ ކޮށްދޭނީއެވެ.
ó ރޯދައާގުޅޭގޮތުން މީހުންނަށް ދިމާވާ ބައެއް ކަހަލަ މައްސަލަތައް ލިޔުނު ކާޑުކޮޅުތައް ގްރޫޕުތަކަށް ބަހާލައި އެއް ގްރޫޕުން އަނެއް ގުރޫޕަށް ހުށަހަޅައި ޖާވާބު ހޯދާނީއެވެ. ނޭނގުނުނަމަ ދަރިވަރުންނަށް އެހީތެރިވެ ދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ޖަވާބުދެވޭ ގްރޫޕުތަކަށް ޕޮއިންޓް ދޭންވާނެއެވެ.
ó ދެން ފަރިތަކުރުން ހެދުމަށް ހޯމްވާރކު ދޭނީއެވެ.

ނޯޓު: ރޯދަގެއްލޭކަންތައް، ރޯދަވީއްލުން ހުއްދަކުރާ ޢުޛުރުތައް ކުލާހުގައި ޑިސްޕްލޭ ކުރުމަކީ އެދެވިގެންޥާ ކަމެކެވެ.
·  ސުވާލާއި ޖަޥާބު
·  ފަރިތަކުރުން ހެއްދުން
·  ދަރިވަރުންގެފޮތް ޞަފުޙާ 58
·  ރޯދައާ ގުޅޭ ބައެއް ކަހަލަ މައްސަލަތައް ލިޔުނު ކާޑުކޮޅުތައް
15،16 ވަނަ ހަފުތާ
އެޕްރީލް 17 ން 28 އަށް ( 10  ދުވަސް )
ޢިބާދާތު
ޙައްޖާއި ޢުމްރާ
ó ޙައްޖާއި ޢުމްރާ ވާގޮތާއި އެކަމުގެ ބައެއް ޙުކުމްތައް ބުނެދޭން އެނގޭނެއެވެ. އަދި އެކަމަށް ޝައުގުވެރިވެ ކުޅަދާނަކަން ލިބިއްޖެނަމަ އެކަން ކުރާނެއެވެ.
ó ޙައްޖާއި ޢުމްރާގެ ރުކުން ތަކާއި ވާޖިބުތައް ބަޔާން ކުރުން.
ó އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައް ބުނެދިނުން.
ó ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ހިމެނޭ ކަންކަން ކުރާ ގޮތާއި ދުވަސްތައް ވަގުތާ އެކު ބުނެދިނުން.
ó ޙައްޖާއި ޢުމްރާގެ ޙުކުމް ބުނެދިނުމާއެކު އެކަންކަން އަދާ ކުރުމުން ލިބޭނެ ދަރުމަ އާއި ޘަވާބު ބަޔާންކުރުން.
ó ފިލާވަޅު ފަށާނީ އިސްލާމްކަމުގެ ރުކުންތައް ދަރިވަރުންނަށް އެނގޭތޯ ބަލާލުމަށް ސުވާލު ކޮށްލުމަށްފަހު ދަރިވަރުންދޭ ޖަވާބާ ގުޅުވައިގެންނެވެ.
ó ފިލާވަޅުގައި ހިމެނިފައިވާ ބައިތައް ފަހަރަކު ބައެއްގެ ނަން ބޯޑުގައިލިޔެ އެބައިތަކުގެ ޝަރަޙަކުރަމުން ގެންދިއުން.
ó ޙައްޖާއި ޢުމްރާގެ ވާޖިބުތަކާއި ރުކުންތައް އަދި އިޙްރާމް ބަނުމުން ޙަރާމްވާ ކަންތައް ޝަރަޙަ ކޮށްދިނުމަށްފަހު، ދަސްކޮށްދިނުމުގެ ގޮތުން މުދައްރިސް އެއިން ކަމެއް ބުނުމުން ދަރިވަރުން ކުރާނެ ހަރަކާތްތަކެއް ކަނޑައަޅައި ގްރޫޕުތަކަށް ސުވާލު ހުށަހަޅަމުން ޖަވާބު ނުދެވޭ ކުދިން ބާކީކުރަމުން ގެންދިއުން.
ó ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ހިމެނޭ ކަންކަން އަދާކުރާގޮތް ބުނެދިނުމަށްފަހު، އެކަންކަން ކުރާގޮތް ތަރުތީބު ކުރުވުން.   ( ވާރކްޝީޓެއް، ތަރުތީބުން ނަންބަރުޖެހުން )

ނޯޓު: ފިލާވަޅު ފެށުމުގެ ކުރިން ނުވަތަ ފަހުންވިޔަސް ވީޑިއޯ ދައްކާލުން މުހިންމު. އަދި ފިޅާވަޅު ނިމުމުން ޙައްޖުގެ ބައިތަކުގެ މަންޒަރުތަކުގެ ކުރެހުން ނުވަތަ ފޮޓޯ ކުލާހުގައި ބެހެއްޓުން އެދެވިގެންވެއެވެ.
·  ފަރިތަކުރުން ހެއްދުން
·  ސުވާލާއި ޖަވާބު ބަދަލުކުރުން
·  ތަލްބިޔާ ދަސްކޮށް ކިޔައިދިނުން
·  ވާރކްޝީޓު 10
·  ދަރިވަރުންގެފޮތް ، ޞަފުޙާ 61
17 ން 19 އަށް ( 3 ހަފުތާ )
މެއި 1 އަށް 19 އަށް ( 15 ދުވަސް )
ޤުރްއާން، ތަޖްވީދު، ޢަޤީދާ، ޢިބާދާތު
ދެވިފައިވާ ހުރިހައި ފިލާވަޅުތައް
ó ޓެސްޓު ހެދުމަށް ޝައުގު ވެރިވެ ފަރުވާ ބަހައްޓައިގެން ސުވާލުތަކަށް ޖަވާބުދެވޭތޯ ބަލާނެއެވެ. އަަދި ރަނގަޅު ނަތީޖާއެއް ލިބުމަށް އުންމީދު ކުރާނެއެވެ.
ó ފުރަތަމަ ޓާރމުގެ ޓެސްޓަށް ތައްޔާރު ކުރުވުން.
ó ޓެސްޓުން އެކަށީގެންވާ ނަތީޖާ އެއް ހޯދުމަށް މަސައްކަތް ކުރުން.
ó ފެށުމެއްގެ ގޮތުން ޓެސްޓަށް ފިލާވަޅުތައް މުރާޖިޢާ ކުރުމުގެ މުހިންމު ކަމާބެހޭގޮތުން ދަރިވަރުންނާ ވާހަކަ ދައްކާލުން. އަދި ދަރިވަރުންނަށް އިތުރުއެހީ ބޮޑަށް ބޭނުންވާ ފިލާވަޅުތަކަކީ ކޮބައިތޯ ބަލާލުން.
ó އިތުރުއެހީ ބޮޑަށް ބޭނުންވާ ފިލާވަޅުތަކަށް އިސްކަންދީގެން ފިލާވަޅުތައް މުރާޖިޢާކުރުން.
ó ބައެއް ޔުނިޓް ތަކުން ސުވާލާއި ޖަވާބު ތައްޔާރު ކުރުވައި އެއް ގްރޫޕުން އަނެއްގްރޫޕަށް ހުށަހަޅައި ސުވާލު މުބާރާތެއް ބޭއްވުން.
ó ބައެއް ޔުނިޓްތަކުން މަސައްކަތް ކަރުދާސް ހެއްދުން.
ó ހުރިހާ ޔުނިޓްތަކެއް ހިމެނޭގޮތުން ޕާސްޕޭޕަރު ހެއްދުން.
ó ޓެސްޓު ހެދުމުގައި ޢަމަލު ކުރުން ރަނގަޅު ގޮތްތަކުގެ މައްޗަށް ދަރިވަރުން ސަމާލު ކުރުވުމުގެ ގޮތުން ވާހަކަ ދެއްކުން.
މިސާލަކަށް:
- ސާފުކޮށް ކިޔަން އެނގޭނެހެން ލިޔުމާމެދު.
- ޖަވާބުދިނުމުގެ ކުރިން ތަކްރާރުކޮށް ސުވާލުކިޔައި ސުވާލުގައި ބުނެފައިވާ އެއްޗެއް ދޭހަކުރުމުގެ މުހިންމުކަމާމެދު.
- ޖަވާބު ދިނުމުގައި ފަރުވާ ބަހައްޓައިގެން ޖުމްލަ ހަމަޖެއްސުމުގެ މައްޗަށް ސަމާލުކަން ދިނުމާމެދު.
·  ސުވާލާ ޖަވާބު ބަދަލު ކުރުން
·  މަސައްކަތް ކަރުދާސް ހެއްދުން.
·  ޕާސްޕޭޕަރު ހެއްދުން
·  ޓެސްޓްޕޭޕަރުހެއްދުން
·  ދަރިވަރުންގެފޮތް
·  މަސްއްކަތް ކަރުދާސް
·  ޕާސްޕޭޕަރ
·  ޓެސްޓު ޕޭޕަރ

No comments:

Post a Comment