Thursday, December 20, 2012

Nidhairu Kiya Dhuaa


ٱللّٰهُمَّ أَسۡلَمۡتُ نَفۡسِىٓ إِلَيۡكَ، وَوَجَّهۡتُ وَجۡهِي إِلَيۡكَ، وَفَوَّضۡتُ أَمۡرِىٓ إِلَيۡكَ، وَأَلۡجَأۡتُ ظَهۡرِىٓ إِلَيۡكَ، رَغۡبَةً وَرَهۡبَةً إِلَيۡكَ، لَا مَلۡجَأَ وَلَا مَنۡجَىٰ مِنۡكَ إِلَّآ إِلَيۡكَ، آمَنۡتُ بِكِتَابِكَ ٱلَّذِيٓ أَنۡزَلۡتَ، وَبِنَبِيِّكَ ٱلَّذِىٓ أَرۡسَلۡتَ.
رَسُولُ ٱللّٰهِ H حَدِيث ފުޅު ކުރެއްވިއެވެ. ތިބާ ނިދުމަށްޓަކައި ތިބާގެ ތަންމަތީގައި އޮށޯތުމަށްފަހު މިފަދައިން ކިޔާށެވެ! ފަހެ ތިބާ މިފަދައިން ކިޔައިގެން ވަނިކޮށް އެރޭ ތިބާ މަރުވެއްޖެނަމަ ތިބާގެ މަރުވުން ވާނީ ފިޠުރަތާ އެއްގޮތް ( އެބަހީ: ﷲ އެއްކައުވަންތަ ކުރުން މަތީގައި ) މަރުވި މަރުވުމަކަށެވެ. އަދި ތިބާ ( މަރުނުވެ ) ފަތިސްކޮށްފިނަމަ، ތިބާއަށް ބޮޑުވެގެންވާ ދަރުމަ ލިބޭހުއްޓެވެ.
رِيَاضُ ٱلصَّٰلِحِين ގެ 80 ވަނަ حَدِيثُ ން ނަގާފައި (مُتَّفَقٌ عَلَيۡهِ)

Sunnai Roadhaige Niyai

سنّة ރޯދައިގެ نية
مُحَرَّمۡ މަހު ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ شَهۡرِ ٱلۡمُحَرَّمِ سُنَّةً لِلّٰهِ تَعَالَىٰ۞
މުޙައްރަމް މަހުގެ ސުންނަތް ރޯދައިގެ ތެރެއިން މާދަމާ ރޯދަ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.
مُحَرَّمۡ މަހު ފުރަތަމަ ހުކުރު ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ أَوَّلَ جُمۡعَةٍ مِنۡ شَهۡرِ ٱلۡمُحَرَّمِ سُنَّةً لِلّٰهِ تَعَالَىٰ۞
މުޙައްރަމް މަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ސުންނަތް ރޯދަ މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.
تَاسُوعَا ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنۡ يَوۡمِ ٱلتَّاسُوعَ سُنَّةً لِلّٰهِ تَعَالَىٰ۞
ތާސޫޢާ ދުވަހުގެ ސުންނަތް ރޯދަ މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެެ.
ތާސޫޢާ ދުވަހަކީ މުޙައްރަމް މަހުގެ ނުވަވަނަ ދުވަހެވެ.
عَاشُورَا ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنۡ يَوۡمِ ٱلۡعَاشُورَا سُنَّةً لِلّٰهِ تَعَالَىٰ۞
ޢާޝޫރާ ދުވަހުގެ ސުންނަތް ރޯދަ މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.
ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ.
رَجَبُ  މަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ شَهۡرِ رَجَبٍ سُنَّةً لِلّٰهِ تَعَالَىٰ۞
ރަޖަބު މަހުގެ ސުންނަތް ރޯދައިގެ ތެރެއިން މާދަމާ ރޯދަ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.

ހިޔަރަކާތް ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ يَوۡمِ ٱلۡبَرَآءَةِ سُنَّةً لِلّٰهِ تَعَالَىٰ۞
ހިޔަރަކާތް ދުވަހުގެ ސުންނަތް ރޯދަ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.

شَوَّالُ  މަހުގެ ހަ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ سِتَّةِ الشَّوَّالِ سُنَّةً لِلَّهِ تَعَالَىٰ۞
ޝައްވާލު މަހުގެ ސުންނަތް ވެގެންވާ ހަ ރޯދައިގެ ތެރެއިން މާދަމާ ރޯދަ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.
މެދުފޮއި ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ أَيَّامِ ٱلۡبِيضِ سُنَّةً لِلَّهِ تَعَالَىٰ۞
ސުންނަތް ވެގެންވާ މެދުފޮއި ރޯދައިގެ ތެރެއިން މާދަމާ ރޯދަ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.

حَجُّ ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ يَوۡمِ ٱلۡعَرَفَاتِ سُنَّةً لِلَّهِ تَعَالَىٰ۞
ޢަރަފާތު ދުވަހުގެ ސުންނަތް ރޯދަ މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.

حَجُّ  މަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ شَهۡرِ ذِى ٱلۡحَجَّةَ سُنَّةً لِلّٰهِ تَعَالَىٰ۞
ޙައްޖު މަހުގެ ސުންނަތް ރޯދައިގެ ތެރެއިން މާދަމާ ރޯދަ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.
ހޯމަ ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ يَوۡمِ ٱلۡإِثۡنَيۡنِ سُنَّةً لِلّٰهِ تَعَالَىٰ۞
ހޯމަ ދުވަހުގެ ސުންނަތް ރޯދަ މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.

ބުރާސްފަތި ދުވަހުގެ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ مِنْ يَوۡمِ ٱلۡخَمِيسِ سُنَّةً لِلّٰهِ تَعَالَىٰ۞
ބުރާސްފަތި ދުވަހުގެ ސުންނަތް ރޯދަ މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.

ކޮންމެ ސުންނަތް ރޯދައަކަށް ކަމުދާ ނިޔަތެއް
نَوَيْتُ صَوْمَ غَدٍ تَطَوُّعًا لِلّٰهِ تَعَالَىٰ۞
ހިތުން ނިޔަތްގަންނާނީ:
މާތްކަލާނގެ ކިބަޔަށް އަޅުކަން ކުޅައުމުގެ ގޮތުން ސުންނަތް ރޯދައެއް މާދަމާ މާތްކަލާނގެ ކިބަޔަށް ހިފުމަށް ނިޔަތްގަތީމެވެ.
ފާއިތުވީ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ عَنۡ قَضَآءِ مَافَاتَ مِنۡ شَهۡرِ رَمَضَانَ (.....) لِلّٰهِ تَعَالَىٰ۞
ހިތުން ނިޔަތް ގަންނާނީ:
ރަމަޟާންމަހުން ފާއިތުވީ ފަރްޟު ރޯދަ ޤަޟާ ކުރުމަށް ޓަކައި މާތްކަލާނގެ ކިބަޔަށް މާދަމާ ރޯދަ ހިފުމަށް ނިޔަތްގަތީމެވެ.

އެހެން މީހަކުގެ ކިބައިން ޤަޟާ ކުރާ ރޯދައެއްނަމަ:
لِلّٰهِ تَعَالَىٰ ކިޔުމުގެ ކުރިޔަށް عَنۡ އިތުރުކޮށް އެމީހެއްގެ ނަން ގަންނާނީއެވެ.
މިސާލަކަށް:
عَنۡ أَبِى ( ތިމާގެ ބަފާގެ ކިބައިން ) ނުވަތަ عَنۡ فُلَانِ بۡنِ فُلَانٍ ( އެވެނި މީހާގެ ދަރި އެވެނި މީހާގެ ކިބައިން ) لِلّٰهِ تَعَالَىٰ މިފަދައިންނެވެ.

كَفَّارَة ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ كَفَّارَةً لِلّٰهِ تَعَالَىٰ۞
ކައްފާރާ ރޯދަ މާތްކަލާނގެ ކިބަޔަށް މާދަމާ ހިފުމަށް ނިޔަތްގަތީމެވެ.

نَذۡرُ ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ عَنۡ أَدَآءِ مَا نَذَرۡتُ لِلّٰهِ تَعَالَىٰ۞
ތިމަންގަތް ނަޛްރު އަދާކުރުމަށް ޓަކައި މާދަމާ މާތްކަލާނގެ ކިބަޔަށް ރޯދަ ހިފުމަށް ނިޔަތްގަތީމެވެ.

رَمَضَان މަހު ރޯދައިގެ ނިޔަތް
نَوَيْتُ صَوْمَ غَدٍ عَنۡ أَدَآءِ فَرۡضِ رَمَضَانِ هَٰذِهِ ٱلسَّنَةِ لِلّٰهِ تَعَالَىٰ۞
މިއަހަރުގެ ރަމަޟާން މަހުގެ ފަރްޟު އަދާކުރުމަށް ޓަކައި މާދަމާ ރޯދަ ހިފުމަށް ނިޔަތްގަތީމެވެ.
ރޯދަ ވީއްލާވަގުތު:
ٱللّٰهُمَّ لَكَ صُمۡتُ وَعَلَىٰ رِزۡقِكَ أَفۡطَرۡتُ މިފަދައިން ކިޔުން ސުންނަތް ވާހުއްޓެވެ.
سَيِّدُنَا عَبۡدُ ٱللّٰهِ عَمۡرُوا بۡنُ ٱلۡعَاص رَضِيَ ٱللّٰهُ عَنۡهُمَا ވިދާޅުވިއެވެ. ސަލާމާއި ޞަލާވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ ރައްދު ނުކުރައްވާނޭކަން ކަށަވަރު ދުޢާއަކީ ރޯދަވެރިޔާ ރޯދަ ވީއްލާވަގުތު ކުރާ ދުޢާއެވެ.
މިދެންނެވި عَبۡدُ ٱللّٰهِ ގެފާނުން ރޯދަ ވީއްލާވަގުތު ٱللّٰهُمَّ إِنِّيٓ أَسۡئَلُكَ بِرَحۡمَتِكَ ٱلَّتِى وَسِعۡتَ كُلَّ شَيۡئٍ أَنۡ تَغۡفِرَلِى ذُنُوبِى۞ މިފަދައިން ދުޢާ ކުރައްވައެވެ.